އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޖައިޝަންކަރާ ރައީސް ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

ޖައިޝަންކަރު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ބަލައިގަންނަ ކަމަށެވެ. އަދި މާދަމާ އެމަނިކުފާނު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާނެ ކަމަށާއި މި ބައްދަލުކުރެއްވުމާއެކު ދެ ގައުމުގެ ގުޅުން ހަރުދަނާ ވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ޖައިޝަންކަރު ލިޔުއްވާފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ، އަދި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ