ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހާތުމާ ގާންދީގެ މަގުބަރާ އަށް ޒިޔާރަތްކުރައްވައިފިއެވެ.
އިންޑިއާގެ މިނިވަންކަމުގެ ބާނީ، މަހާތުމާ ގާންދީގެ މަގުބަރާ ބިނާކޮށްފައިވަނީ އެ ގައުމުގެ ރަޖްގަތް މެމޯރިއަލްގައެވެ. އެ މެމޯރިއަލް އަށް ވަޑައިގެން، މަގުބަރާ އަށް ޒިޔާރަތްކުރެއްވުމަށް ފަހު، ރައީސް ވަނީ މެމޯރިއަލް ފޮތުގައި ސޮއިކުރައްވާފައިވެ އެވެ. އަދި އެ ގައުމުން ވަނީ އެމަނިކުފާނަށް މަހާތުމާ ގާންދީގެ ބަޔޮގްރަފީ އެއްވެސް ހަދިޔާކުރައްވާފައެވެ.
މި މަހުގެ 06 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް، ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.