ފުލުހުން ބުނީ، އަލިފުށި ކަނޑުތޮށި ކައިރިއަށް މަސްހިފަން މޫދަށް ފޭބި 3 މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރައިގެން 12:08 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހާ ނަގައިގެން ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާއިރު، އެމީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.