ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

ކުޅިވަރު ފަހުގެ

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ބަލިވެއްޖެއެވެ.

އުޒްބެކިސްތާންގެ ޓަޝްކެންޓުގައި މިއަދު ފެށި ކާވާ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ކިރްގިސްތާން ވާދަކުރި މެޗު ކިިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ކިރްގިސްތާނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-15 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ދެވަނަ ސެޓު 25-13 ގެ ނަތީޖާ އަކުން ކިރގިސްތާނު ކާމިޔާބުކޮށްފައިވާއިރު، މި މެޗުގެ ތިން ވަނަ ސެޓު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 25-16ގެ ނަތީޖާ އަކުންނެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ ތުރުކުމެނިސްތާން އާއި ދެކޮޅަށެވެ. މި މެޗު ފަށާނީ މާދަމާ 13:30ގައެވެ.

މިއަދު ފެށި މި މުބާރާތް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ އުޒްބެކިސްތާން، ކިރްގިސްތާން، ތަޖިކިސްތާން، ތުރުކުމެނިސްތާންގެ އިތުރުން އަފްގާނިސްތާނެވެ.

ކާވާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ