ބްރިޖް މޮނިއުމަންޓް ޕާކު ހުޅުވާދެއްވީ ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބުއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގ ލިޝިންގއެވެ.
މި ޕާކުގައި ސިނަމާލެ ބްރިޖް ތަރައްގީ ކުރި ދުވަސްވަރުގެ ފޮޓޯތަކާއި ބްރިޖްގެ މަޢުލޫމާތު ހިމެނޭ ފޮޓޯތައް ހިމެނެ އެވެ. މިއީ ރާއްޖެ އާއި ޗައިނާގެ ގުޅުން ފެންނަ ގޮތަށް ހުޅުވި ޕާކެކެވެ.
ސިނަމާލެ ބުރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރި ބުރިޖެކެވެ. އެ ބްރިޖު ރަސްމީކޮށް އިފްތިތާހު ކުރީ 30 އޮގަސްޓު 2018ގަ އެވެ.