ސިންގަޕޫރު އިން ބެލްޖިއަމް އަށް ކަނޑައަޅާފައިވާ ސަފީރު ލިމް ހޮންގް ހުއައި ސަފީރު ޤީލާ ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

ދިވެހިރާއްޖެއިން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.) އަށް ކަނޑައަޅާފައިވާ ސަފީރު، އަލްފާޟިލާ ޤީލާ ޢަލީ، ސިންގަޕޫރުން ބެލްޖިއަމް އަށާއި އީޔޫ އަށް ކަނޑައަޅާފައިވާ ސަފީރު، ލިމް ހޮންގް ހުއައީ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ސަފީރުންވަނީ ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު އޮތް ދުވަސްވީ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާފައެވެ. އަދި މިގާތް ގުޅުމުގެ ތެރެއިން ތައުލީމީ ރޮގުންނާއި އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަށް ސިންގަޕޫރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުމާމެދުވެސް މި ބައްދަލުވުމުގައި ދެ ސަފީރު މަޝްވަރާ ކުރައްވާފައިވެއެވެ. ވަކިން ހާއްސަކޮށް، ތިމާވެއްޓާއި މޫސުމީ ބަދަލުގެ ސަބަބުން ކުދި ޤައުމުތަކަށް ކުރާ އަސަރުތަކާއި ގުޅޭގޮތުން ބެލްޖިއަމްގައި ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަ ފުޅުދެއްކެވިއެވެ.

މި ބައްދަލުވުން ނިންމާލެއްވުމުގެ ކުރިން ދެ ޤައުމުގެ ސަފީރުންވެސް ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ދެޤައުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ