މި ޕްރޮގުރާމުގައި 33 މީހަކު ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި 22 އަންހެނުންނާއި 11 ފިރިހެނުން ހިމެނެއެވެ.
މި މަހު 17 އިން 19އަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ގުރައިދޫގެ މަދަނީ ޖަމްއިއްޔާތަކާއި، ކައުންސިލް، ޑަބްލިޔުޑީސީ އަދި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށް ހިންގި ވޯކްޝޮޕެކެވެ.
މިވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ އެސޯސިއޭޝަން ފޯރ ލޭޑީ އެންޓަޕްރިނިއަރސް އާއި ތ.ގުރައިދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އޭޝިޔާ ފައުންޑޭޝަނާއި ގުޅިގެންނެވެ.
މި ވޯކްޝޮޕްގައި ކުރިއަށްގެންދިޔަ ސެޝަންތަކުގެ ތެރޭގައި މަދަނީ ޖަމްއިއްޔާތަކުގެ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރި ކުރުވުމުގެ ސެޝަންގެ އިތުރުން ލައިފް ކޯޗިންގ އާއި، ޓީމް ބިލްޑިންގ އިވެންޓްތަކެއް ހިމެނެއެވެ.