ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެޝަނަލް ލައިބްރަރީ އޮފް މޯލްޑިވްސްއަށް ފޮތްތަކެއް ހަދިޔާކޮށްފިއެވެ.
ބީއެމްއެލްގެ ރިސްކް އެންޑް ކޮމްޕްލައިންސް ޑިޕާޓްމަންޓުގެ މުވައްޒަފުން ނެޝަނަލް ލައިބްރަރީއަށް ޒިޔާރަތްކޮށް 30 ވާހަކަ ފޮތް ވަނީ ހަދިޔާކޮށްފައެވެ.
ނެޝަނަލް ލައިބްރަރީއިން ވަނި ބީއެމްއެލްއިން މި ފޮތްތައް ހަދިޔާ ކުރުމުން ޝުކުރު އަދާކޮށްފައެވެ.
އަމިއްލަ ފަރާތްތަކުން އަދިއެކި އެކި އިދާރާތަކުން އަންނަނީ ދިވެހިރާއްޖޭގެ ގައުމީ ކުތުބުހާނާއަށް އެކި ބާވަތްތަކުގެ ފޮތް ހަދިޔާކުރައްވަމުންނެވެ.