ހުނަރުވެރިންގެ މަސައްކަތް އެސެސްކޮށް ވަޒަންކުރުމުގައި އެސެސަރުންގެ ޒިންމާ ވަރަށް ބޮޑު

ޚަބަރު ފަހުގެ

ކޮންމެ ސިނާޢަތެއްވެސް ހިނގަމުންދާނީ އެ ސިނާޢަތެއްގައި ކުރަންޖެހޭ މަސައްކަތެއްކުރުމުގެ ހުނަރު ލިބިފައިވާ ބަޔަކު އެކަމެއްގައި އުޅެގެން ކަމަށާ، އެހެންކަމުން ހުނަރުވެރިންގެ މަސައްކަތް އެސެސްކޮށް ވަޒަންކުރުމުގައި އެސެސަރުންގެ ޒިންމާ ވަރަށް ބޮޑުކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްރަޙީމް ހަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާލުވީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ(އެމް އެންއެސްޑިއޭ) އިން ބޭއްވި އެސެސަރުންގެ ޓްރެއިނިންގ އޮފް ޓްރެއިނަރސްގެ ސަރޓިފިކެޓް ދިނުމުގެ ޙަޕްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޑރ. އަބްދުއްރަހީމް ވިދާޅުވީ އެސެސަރުންގެ އެސެސްމަންޓުގެ މައްޗަށް ބިނާކޮށް، ނޭޝަނަލް ސެޓްފިކެޓް ދޫކުރެވޭކަމަށާ، އެ ސަރޓިފިކެޓްގެ އިތުބާރު ބޮޑުވުން ބިނާވަނީ އެސެސަރުންގެ ކޮލިޓީއަށްކަމަށެވެ.

“ހުނަރުވެރިންގެ މަސައްކަތް އެސެސްކޮށް، ވަޒަންކުރުމުގައި އެސަސަރުންގެ ޒިންމާ އިންތިހާއަށް ބޮޑު، އެއީ އެއްވެސް ސިނާއަތެއްގައި މަސައްކަތްކުރާ ހުނަރުވެރިންގެ ހުނަރު އެސެސްކުރުމުގައި، އެސެސަރުން ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު އެސެސްނުކޮށްފިނަމަ، އެކަމުގެ ގެއްލުން އެ ސިނާޢަތަކަށް ފޫ ނުބެއްދޭވަރުގެ ގެއްލުން ލިބިގެންދާނެކަމަށެވެ. ސިނާޢަތް އިދަޖެހިދާނެ.” ޑރ. އަބްދުއްރަޙީމް ހަސަން

މި ހަފްލާގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކިއެކި މަސައްކަތްތަކުގައި އުޅޭމީހުންގެ ހުނަރުވެރިކަން އެސެސްކޮށް ވަޒަންކޮށް ސަރޓިފައިކުރުމަށް އަލަށް ފެށިގެން މިދާ ޙަރަކާތުގެ އިތުބާރު އެ ސިނާޢަތްތަކަށް އޮންނާނީ ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު އެސެސްކުރެވިގެންކަމަށެވެ. އަދި އަލަށް އުފެދި، ފުރިހަމަވަމުން އަންނަ ޓީވީއީޓީ ނިޒާމަށް ސިނާޢަތްތަކާއި އާންމުންގެ އިތުބާރު އަބަދުވެސް އޮންނަންވާނެކަމަށާއި، އެކަމުގެ އެންމެ މުހިންމު ރޯލު އަދާކުރާނީ އެސެސަރުން ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ