ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ހުޅުވައިފި

ޚަބަރު ފަހުގެ

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންޑީއޭގެ ޗެއަރޕާސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅޭ ޤާނޫނުގެ ދަށުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުތަކެއް މިހާރު ވަނީ ގާއިމްކޮށްފައި ކަމަށެވެ. އެގޮތުން ކ. ހިންމަފުއްޓާއި ހުޅުމާލޭގައި ކަމަށް ލުބްނާ ވިދާޅުވިއެވެ.

“ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގެ ބޭނުމަކީ މަސްތުވާތަކެތި ނަގާ މީހުން އަދި މަސްތުވާތަކެތި ފެޑްލްކުރާ މީހުން ކުށުގެ ވެށިން ނެގުން. އަދި އެ މީހުންނަށް ދޭން ޖެހޭ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ސެންޓަރެއް ހުންނަން ޖެހޭނެ ކަމަށް ޤާނޫނުގަ އެބަވޭ. އަދި އެންމެ މުހިންމު ކަމަކީ މަސްތުވާތަކެތި ނަގާ މީހުންނަށް ވަގުތުން ފަރުވާ ފެށުމަށްޓަކައި ރިމާންޑް ސެންޓަރެއް ހުރުމަކީވެސް މުހިންމު ކަމެއް.” އެންޑީއޭގެ ޗެއަރޕާސަން ލުބްނާ މުޙައްމަދު ޒާހިރު

އިޝްތިހާރު
އިޝްތިހާރު

ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކުށުގެ ވެށިން ނެގުމަށް ފަހު ލާނެ މަރުކަޒެއް ހުރުމަކީ މުހިންމު ކަމެއް ކަމަށާއި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ އޮޕަރޭޝަންތައް ކުޑަކޮށް ފެށިނަމަވެސް ޖުލައި މަހުގެ ތެރޭގައި މީހުން ނަގަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ އޮޕަރޭޓް ކުރަން ފެށީ ހުޅުމާލޭގެ ސެންޓަރުގެ ޚިދުމަތް ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފޯރުކޮށްދޭ ފަރުވާގެ ނިޒާމު ބަދަލުކޮށް، ފަރުވާގެ ނިޒާމު ހަރުދަނާ ގޮތެއްގައި މަރުކަޒުގައި މިހާރު ހިންގަމުންދާކަމަށް އެންޑީއޭއިން ފާހަގަކުރައްވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ