ޖެޒް ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން ފަރުވާ ދެނީ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

މާލެ މާފަންނު ޖެޒް ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ކެފޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން އުޅޭ ކަމަށް މިރޭ 11:14 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ މީހާ ނަގައިގެން އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަަށް އޮފިޝަލް ވިދާޅުވިއެވެ.

އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި ފުލުހުން ސީން އަދި އޭޑީކޭގައިވެސް ހަރަކާތްތެެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ