ރާއްޖޭގެ ކައުންސިލްތަކަށް ބަލައިގަންނަ ފައިސާއާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް ޑިޖިޓަލްކޮށް ބެލެހެއްޓޭނެ އޮންލައިން ޕޯޓަލެއް ފަހިޕޭއިން ތައާރަފުކޮށްފި

ޚަބަރު ފަހުގެ

މިޕޯޓަލަކީ, ރަށު އަދި ސިޓީ ކައުންސިލްތަކަށް ވަންނަ ހުރިހާ ފައިސާއެއްގެ ރެކޯޑް ބެލެހެއްޓޭނެ ފެންވަރަށް ތައްޔާރުކޮށްފައިވާ, ޒަމާނީ ޕޭމަންޓް ނިޒާމަކަށް ވާއިރު, ކައުންސިލްތަކަށް މިޕޯޓަލްގެ ހުރިހާ ޚިދުމަތްތަކެއް މުޅިން ހިލޭ ބޭނުން ކުރެވޭނެއެވެ.

މި ޕޯޓަލް ފަރުމާކޮށްފައިވަނީ މިޕޯޓަލް ބޭނުންކުރާ ކައުންސިލްތަކުގެ ބިލްތައް ފަހިޕޭ އެޕް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ދެއްކޭ ގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކައުންސިލްތަކަށް މިޕޯޓަލްގެ ސަބަބުން ލިބޭނެ ބައެއް ފަސޭހަތައް:

– ކައުންސިލުން ބަލައިގަންނަ ފައިސާގެ ހިސާބުތައް ދުވަހުންދުވަހަށް ރެކޯޑްކޮށް ރައްކާކުރުން.
– ފައިސާގެ ރަސީދު އޮޓަމެޓިކްކޮށް ތައްޔާރުކުރެވޭނެ ނިޒާމެއް އޮތުން.
– ރިކަރިންފީ ނުވަތަ މަހު ފީތައް އޮޓޮމެޓިކް ނިޒާމެއްގެ ތެރެއިން ޖަނެރޭޓްކުރެވުން.
– ކުނި ބިލް ފަދަ މުނިސިޕަލްގެ ޚިދުމަތްތަކުން ނަގާ އެކިއެކި ފީތައް ބަލައިގަނެ, ރެކޯޑްކޮށް, މަހުންމަހަށް އަދާހަމަކުރެވުން.
– އޮންލައިންކޮށް ފައިސާގެ މުއާމަލާތް ފުރިހަމަކުރުމަށް ފަހިޕޭ އެޕްއާ ލިންކުވެފައިވުން.
– ކައުންސިލުން ބޭނުންވާ ގޮތަށް ރިޕޯޓުތައް ޖަނެރޭޓްކުރެވުން.
– ޕޭމަންޓް ދައްކަންޖެހޭ ކަމުގެ ނޮޓިފިކޭޝަން ކަސްޓަމަރުންނަށް ލިބުން.
– ކައުންސިލްގެ މުވައްޒަފުންނަށް ފަސޭހަ ކަމާއެކު ޕޯޓަލް ބޭނުންކުރެވުން.

މިޚިދުމަތް ބޭނުންކުރުން މުޅިން ހިލޭ ދޫކޮށްލާއިރު ޝައުގުވެރިވާ ކައުންސިލްތަކުން 4007004 އަށް ގުޅުއްވުމުން ނުވަތަ corporate@fahipay.mv އަށް އީމެއިލް އީމެއިލް ކުރެެއްވުމުން އިތުރު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ފަހިޕޭއިން ބުނެފައި ވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ