އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި

ޚަބަރު ފަހުގެ

ޔޫއޭއީގެ އެއާ އަރަބިއާގެ ފްލައިޓުތަކުގެ ސީދާ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފަހަރަށް ފަށައިފި އެވެ.

އެއާ އެރަބިއާގެ ދަތުރުތައް ކުރާނީ ޔޫއޭއީގެ ޝާރްޖާގެ، ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓުން، ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އޭއާ އަރަބިއާއިން މި ދަތުރުތައް ކުރާނީ އެއާބަސް އޭ-320 މަރުކާގެ ބޯޓުތަކުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، އެއާ އެރަބިއާގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން، ވޯޓާ ސެލިއުޓެއް ވެސް އަރުވާފައިވެ އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާޙީމް ޝަރީފް މުޙައްމަދު ވިދާޅުވީ މި ޕާޓްނާޝިޕްގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބޭ ފުރުޞަތުތަކާ މެދު ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

އަދި ޝާރްޖާއާ ސީދާ ގުޅުމުގެ ސަބަބުން މެދުއިރުމަތީގެ މާކެޓުން އަންނަ ފަތުރުވެރިން އިތުރުވެ، ދުނިޔޭގެ ގިނަ ސިޓީތަކަކަށް ކަނެކްޝަން ފުޅާވެގެންދާނެ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ރާއްޖޭގެ ރަށްރަށުގެ ރީތިކަން ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގުގައި އަދި ހުއްޓުމެއްނެތި ވައިގެ ދަތުރުފަތުރު ކުރެވޭނެ މަގު ހުޅުވިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ