ސްޓެލްކޯގެ ކުރިއަށް އޮތް 5 އަހަރުގެ ޕްލޭން އިފްތިތާހުކޮށްފި

ޚަބަރު ފަހުގެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ކުރިއަށް އޮތް ފަސް އަހަރު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފިއެވެ.

ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށް ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ ހުސައިން ފަހުމީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ހަވާލުވެ ވަޑައިގަތުމަށް ފަހު، ރާއްޖެއަށް އަންނަމުންދާ ތަރައްގީ އާއި ތަހުޒީބާއި، ކުރިއެރުންތަކާ އެއް ހަމަޔަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮންކަމެއްތޯ ބައްލަވައި، އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރެވިގެންދާނެ މަގު ކޮއްޓެވުމަށް ފެއްޓެވި މަސައްކަތުގެ ތެރެއިން، ކުންފުނީގެ ބޯޑު ހަރުދަނާ ލަފަ އާއި އިރުޝާދާއި އެކުގައި ތައްޔާރު ކުރެއްވި ޕްލޭނެކެވެ.

މި ސްޓްރެޖެޓިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރީ ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މަނޭޖިރިއަލް މުވައްޒަފުން ހިމަނައިގެން އެކުލަވާލެވުނު އިލްމީ އަދި ގާބިލް ޓީމަކުންނެވެ. މި ޓީމްގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުންފުނީގެ ސްޓްރެޖެޓިކް ކޮމިޓީގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ.

ސްޓެލްކޯ އިން ވިދަޅުވާ ގޮތުގައި ޑިޕާޓްމަންޓްތައްވެސް ހިންގުމަށްވެސް ވަނީ ޕަލޭންތަކެއް ކަނޑައަޅައިފައެވެ. އެގޮތުން އެކުލަވަލެވިފައިވާ ފްރޭމްވޯކަތަކުގައި ފަސް ސްޓްރެޖެޓިކް އޮބްޖެކަޓިވް، 19 ސްޓްރެޖެޓިކް ގޯލް، 55 ޓާގެޓް އަދި 96 އެކަޝަން ކަނޑައެޅިފައިވާ ކަމަށް ސްޓެލްކޯ އިން ވިދާޅުވިއެވެ.

ސްޓެލްކޯ އިން ވިދާޅުވީ މިހާރު ތައްޔާރު ކުރެވިފައިވާ އެކްޝަން ޕްލޭނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމަށާއި ޔުޓިލިޓީ ހިދުމަތްތަކުގެ ސިނާއަތްތައް ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި ސްޓެލްކޯގެ ސްޓްރެޖެޓިކް ކޮމިޓީގެ ލަފާގެ މަތިން ތައްޔާރުކުރެވި އަދި، ކުންފުނީގެ ބޯޑުގެ ފުރިހަމަ ތާއީދައެކު އެކުލަވާލެވިފައިވާ ޕްލޭނެއްކަން ފާހަގަ ކޮށްލެވެއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ