ޑެޕިއުޓީ މިނިސްޓަރ ޔޫސުފް ޞިދްޤީ ނާވައިދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ ޔޫސުފް ޞިދްޤީ އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ހދ. ނާވައިދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ނާވައިދޫ ބަނދަރުގެ މަޝްރޫޢުއާއި ރަށްގިރުމުގެ މައްސަލައާއި ގުޅޭގޮތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެތެރެއިންވެސް ރަށްގިރުމުގެ މައްސަލައަކީ މިވަގުތު ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަން ނާވައިދޫ ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާ އެކު ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު މެދުކެނޑިފައި އޮންނަ އޮތުންވެސް ކައުންސިލުންވަނީ މިނިސްޓްރީއާއި ހިއްސާކުރައްވާފައެވެ.

ހަމައެހެންމެ، ރަށުގެ ތަރައްޤީއަށް ރޭވިފައި ހުރި އިތުރު އުމްރާނީ މަޝްރޫޢުތަކާއި ގުޅޭގޮތުންވެސް ދެފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

ނާވައިދޫ ބަނދަރުގެ މަސައްކަތާއި ރައްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެން ދިއުމަކީ ރަށުގެ އެންމެހާ ކުދިބޮޑު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއްކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ