ސިނގިރޭޓާއި ދުންފަތުގެ އެހެނިހެން އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށްފި

ޚަބަރު ފަހުގެ

ސިނގިރޭޓާއި ވޭޕުން ނަގައި ޑިއުޓީ ދެގުނައަށް ބޮޑުކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި ބަދަލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ސިނގިރޭޓާއި ދުންފަތުގެ އެހެނިހެން އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމުގެ މަޖިލީހުން ފާސްކުރީ އިއްޔެއެވެ. 71 މެންބަރުންގެ ތާއީދާ އެކު ފާސްކުރި މި ބިލް ރައީސް ތަސްދީގުކުރެއްވީ ރޭގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބިލް ތަސްދީގުކުރުމުން ސިނގިރޭޓާއި ވޭޕުން ނަގައި ޑިއުޓީ ދެގުނައަށް މިއަދުން ފެށިގެން ބޮޑުވާނެއެވެ.

މި އިސްލާހު ދަށުން ސިނގިރޭޓަކުން އަދި ބިޑިއަކުން އަށް ރުފިޔާގެ ޑިއުޓީއެއް ނެގޭނެއެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެހެނިހެން އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސަންޓަށް އަދި މިލިލީޓަރަކަށް އަށް ރުފިޔާ ނަގާނެއެވެ.

މި ބަދަލުތަކުގެ ސަބަބުން މި އަހަރު އެކަނި ވެސް ދައުލަތަށް 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މި އަންނަ އަހަރު ހަމައެކަނި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީން ވެސް 1،058.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ނިންމީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުކުރުމަށް ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ނޮވެމްބަރު 15 އިން ފެށިގެން ވޭޕާއި އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ ތާރީހުގެ ކުރިން އެތެރެކުރާ މިފަދަ އުފެއްދުންތަކުން ވެސް އިތުރުކުރެވޭ ޑިއުޓީ ނެގޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ