އިޓަލީގައި ދިވެހި އެމްބަސީއެއް ހުޅުވަނީ

ޚަބަރު ފަހުގެ

ރާއްޖޭގެ އެމްބަސީއެއް އިޓަލީގައި ހުޅުވަން ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހާ ގުޅުވައިގެން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ދިވެހި ސަރުކާރުން އެދުމުން އެކަމަށް އެގައުމުގެ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް މުއިއްޒު ވަނީ މިއީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ވިޔަފާރީގެ ދާއިރާ އިން މުހިއްމު އެހެން ގައުމުތަކުގައި ވެސް އެމްބަސީތަކާއި ހައި ކޮމިޝަންތައް ހުޅުވާނެ ކަމަށެވެ.

ރާއްޖޭގެ އެމްބަސީއެއް މި އަހަރުގެ ތެރޭގައި ވަނީ ތުރުކީގައި ހުޅުވާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ