ވޯޓަ ބަންކަރިން އަށް ހާއްސަ ބާޖު ބޭނުންކުރަން ފަށައިފި

ޚަބަރު ފަހުގެ

ސަރުކާރުން އިހަވަންދިއްޕޮޅުގައި ފެށި އޮފް ޝޯ ބަންކަރިންގައި ބޯޓުތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ އެމްޕީއެލް އިން ފެނުގެ ހިދުމަތް ދޭން ހާއްސަ ބާޖެއް ބޭނުންކުރަން ފަށައިފި އެވެ.

އެމްޕީއެލްގެ އާ ބާޖު ވަނީ އިއްޔެ އުތުރަށް ދަތުރު ފަށައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެމްޕީއެލް އިން ވަނީ ބޯޓަކަށް ބޭނުންވާ ފެން ފޯރުކޮށްދީފަ އެވެ. އޭރު އެކަން ކުރީ ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެންނެވެ. އެމްޕީއެލް އިން ބުނީ، ފެން އުފުލުމަށް ހާއްސަ ބާޖެއް ހެދީ ތިލަފުށީގައި އޮތް އެ ކުންފުނީގެ ޑޮކްޔާޑުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ބާޖުގައި 200 ޓަނުގެ ފެން ރައްކާ ކުރެވެ އެވެ. އެމްޕީއެލް އިން ބުނީ ދެން “ވޯޓަ ބަންކަރިން” ހިދުމަތް ދިނުމަށް ބޭނުންކުރާނީ އެ ބާޖު ކަމަށެވެ. އެ ބާޖުގެ ހިދުމަތް ފުރިހަމަ ކުރުމަށް ލަސްތަކެއް ނުވެ، ބާޖުގައި ފެން ޕްލާންޓެއް ބަހައްޓައި، ބާޖުގައި ފެން އުފައްދައި ބޭނުންކުރާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ މިހާރު ލިބިފައިވާ އޯޑަރުތަކުން އެ ވިޔަފާރިން މަހަކު 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ.

އުތުރުގައި އެމްޕީއެލް އިން އަންނަނީ ބޯޓުތަކަށް މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އޭގެ ތެރޭގައި ޕައިލެޓޭޖު ހިދުމަތާއި ކްރޫ ޗޭންޖު ކުރުމާއި ޝިޕް ޓު ޝިޕް ހިދުމަތްތަކާއި ލޯންޗުތަކުގެ ހިދުމަތްތަކާއި ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމާއި މެއިންޓެނެންސް ހިދުމަތްތަކާއި ޓަގް ސާވިސަސް ހިމެނެ އެވެ. ހިދުމަތު ފުޅާކުރަން ބޭނުންވާ އިތުރު ޓަގުތައް ގެނައުމަށް ވެސް އެމްޕީއެލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ