އެމްއެންޑީއެފް އިން ބުނީ، އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ޑްރޯންގެ އެހީގައި، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވި ބޭރުގެ ބޯޓެއް ލޮކޭޓްކޮށްފައިވާ ކަމަށެވެ.
ކޯސްޓްގާޑުން ވަނީ މި ބޯޓް އިންޓަރސެޕްޓް ކުރުމަށްފަހު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.