ހއ. މުރައިދޫ ކުޑަކުދިންގެ ޕާކު “ބޮނބިފަންނު” މިނިސްޓަރ އާދަމް ޝަރީފު ހުޅުވައިދެއްވައިފި

ފަހުގެ ޚަބަރު

ހއ. މުރައިދޫ ކުޑަކުދިންގެ ޕާކު “ބޮނބިފަންނު” ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ހުޅުވައި ދެއްވައިފިއެވެ.

ހއ. އަތޮޅު ކައުންސިލާއި، މުރައިދޫ ރައްޔިތުން ގުޅިގެން އެ ރަށުގައި ކުޑަކުދިންގެ ޕާރކު ބިނާކޮށްފައި ވަނީ އެ ރަށުގެ ރައްޔިތުން މޫދަށް އެރި އުޅޭ ސަރަޙައްދުގައެވެ. މި ޕާރކް ޑިޒައިންކޮށްފައިވާ ގޮތުން ކުޑަކުދިން ގޮވައިގެން ކުޅިވަރުތައް ކުޅުމުގެ އިތުރަށް ފޮތް ކިޔައިލުމަށް ޓަކައި ލައިބުރަރީ ކޯނާއެއް ވެސް ވަނީ އެ ތަނުގައި ގާއިމްކޮށްފައެވެ. މުރައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މި މަސައްކަތަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ނިންމާފައިވާ ތަނެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުރައިދޫ ރައްޔިތުންނަކީ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައި ނަމޫނާ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށާއި، މި ފަދަ މަސައްކަތްތަކުގައި ރައްޔިތުން ގުޅިގެން އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ ނަތީޖާ މިއަދު ފެންނަމުން ދާކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރ މުރައިދުއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ކިއުއްވި ހޫނު މަރުޙަބާއަށް މިނިސްޓަރ ވަނީ އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ