އަލިފާނުގެ ހާދިސާގައި ގެއްލުންވި 3 ވުޒާރާގެ މަސައްކަތް ވަގުތީގޮތުން ދަރުބާރުގެއަށް

ޚަބަރު ފަހުގެ

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި 3 ވުޒާރާގެ މަސައްކަތް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ފަށައިފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ވުޒާރާއާއި އެ އިމާރާތުގައި ހިންގަމުން އަންނަ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެ އިމާރާތާއި އިންވެގެން ހުންނަ ގްރީން ބިލްޑިންގައި ހިންގަމުން އަންނަ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހާދިސާގެ ސަބަބުން ތިން ވުޒާރާގެ މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. ނަމަވެސް ވުޒާރާގެ މަސައްކަތްތައް އަލުން ފެށުމަށް ތިން ވުޒާރާގެ މަސައްކަތްވެސް ދަރުބާާރުގެއަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއާއި، އިމާރާތް ކުރުމާ ބެހޭ ވުޒާރާ އަދި ތިމާވެއްޓާބެހޭ ވުޒާރާގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ ދަރުބާރުގޭގައި ބޭއްވުމަށް ތަވާލުކުރި މަސްވެރިންގެ ދުވަހުގެ ޖަލްސާއާއި ރެހެންދި އެވޯޑް ހަފްލާވެސް މިހާރުވަނީ ފަސްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ