ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ޓީމް ހަނިމާދޫ ކުޅުނު ފުރަތަމަ މެޗުން ވަނީ 1-0 ގެ ހަނި ތަފާތަކުން ނޭކުރެންދޫ އަތުން ބަލިވެފައެވެ.
ނޭކުރެންދޫއިން މެޗުގައި ހަމައެކަނި ކާމިޔާބުކުރި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ މުހައްމަދު ވިލްފްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާއެވެ.
މި މުބާރާތުގައި ހދ.އަތޮޅުން ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަންފަރު، މަކުނުދޫ، ހަނިމާދޫ، ނޭކުރެންދޫ އަދި ފިނޭއެވެ. ގްރޫޕް ބީގައި ހިމެނެނީ ނެއްލައިދޫ، ކުމުންދޫ، ވައިކަރަދޫ، ނައިވާދޫގެ އިތުރުން ނޮޅިވަރަމެވެ.
ދެން މި މުބާރަތުގައި ހަނިމާދޫ މެޗެއް ކުޅޭނީ 9 ވަނަ ދުވަހު 20:00 ގައި މަކުނުދޫ އާއި ދެކޮޅަށެވެ.