ޕިކަޕަކާއި ކާރެއް މުޑިއަރައި ހުޅުލޭގައި ނުރައްކާތެރި އެކްސިޑެންޓެއް

ޚަބަރު ފަހުގެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް މުޑިއަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ވީ އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ކާރުގެ ފަހަތު ސީޓުގައި އިން މީހައަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެގެން އެއާޕޯޓު ކްލިނިކުގައި ފަރުވާދިން ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުންގެ މެސެޖުގައި ބުންޏެވެ.

އެކްސިޑެންޓުގެ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވެފައި ވަނީ ޕިކަޕުގެ ފަހަތުން ދުއްވާފައި ދިޔަ ކާރު މަޑުނުވެ ގޮސް ޕިކަޕުގައި ޖެހި މުޑި އަރައިގެންނެވެ.

ޕިކަޕުގައި ކާރު ޖެހުނުލެއް ބާރުކަމުން، ކާރުގެ ވިންޑާ ހަމައަށް އޮތީ ޕިކަޕުގެ ދަށުވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ