ހޯނޑެއްދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ރައީސް އިފްތިތާހްކޮށްދެއްވައިފި

ޚަބަރު ފަހުގެ

ގދ. ހޯނޑެއްދޫގައި ޤާއިމުކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ހޯނޑެއްދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ހިދުމަތް ރައީސް އިފްތިތާހްކޮށްދެއްވީ، މިއަދު ގދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ހޯނޑެއްދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. ފެނާއި ނަރުދަމާ ޤާއިމްކޮށްފައިވަނީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
ހޯނޑެއްދޫގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން ނަރުދަމާގެ 5 ޕަންޕު ސްޓޭޝަން ޤާއިމުކޮށް، ސީ އައުޓް ފޯލް އަޅައި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އަޅައި، ގޭގެއަށް ކަނެކްޝަން ގުޅާފައިވެއެވެ. އަދި ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށް 2 ޓޭންކު ބަހައްޓާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ