އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފި

ޚަބަރު ފަހުގެ

މި ދެ ހިދުމަތް އެ އަތޮޅުގައި ރަސްމީކޮށް އިފްތިތާޙްކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

އެ ރަސްމިއްޔާތުގައި އައިޑީ ކާޑާއ ޕާސްޕޯޓްގެ ހިދުމަޔް އަތޮޅުގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި، ރ. އަތޮޅު ކައުންސިލުގެ ރައީސް ޙުސެއިން ނާސިފެވެ.

އިޝްތިހާރު
އިޝްތިހާރު

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތް ރ. އަތޮޅުގައި ފަށާފަވާއިރު މިއަދުން ފެށިގެން “އިމުގާ” މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ.އުނގޫފާރުން ނެގުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.

އައިޑީ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށް ދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސް ޑރ. މުޢިއްޒު އިފުތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.

އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނިޔަލަށެވެ. އައިޑީ ކާޑުގެ ހިދުމަތް މިދިޔަ އަހަރު އެންމެ ފުރަތަމަ ފެށީ ގއ. ވިލިގިނލީގަ އެވެ.

ޕާސްޕޯޓާއި އައިޑީ ކާޑް ދޫކުރުމާ ގުޅޭ މަގުޗާޓްގެ ތާވަލު:

* ހއ. އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025 ގައި
* ހއ. އިހަވަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025 ގައި
* ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025 ގައި
* ހދ. މަކުނުދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ފެބްރުއަރީ 2025 ގައި
* ށ. ފުނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2025 ގައި
* ށ. ފުނަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖޫން 2025 ގައި
* ށ. މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖުލައި 2025 ގައި
* ނ. ވެލިދޫގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖުލައި 2025 ގައި
* ރ. އުނގޫފާރު، އަލިފުށީގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025 ގައި
* ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2025ގައި
* ބ. ދަރަވަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި
* ޅ. ނައިފަރުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025 ގައި
* ޅ. ނައިފަރުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025 ގައި
* ކ. ގުރައިދޫ، ތުލުސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025 ގައި
* ކ. ގުރައިދޫ، ތުލުސްދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ނޮވެމްބަރު 2025 ގައި
* އއ. ރަސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025 ގައި
* އއ. ރަސްދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025ގައި
* އދ. މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ މާޗް 2025 ގައި
* އދ. މަހިބަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025 ގައި
* ވ. ފެލިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2025 ގައި
* ވ. ފެލިދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ނޮވެމްބަރު 2025 ގައި
* މ. މުލީގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025 ގައި
* މ. މުލީގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025 ގައި
* ފ. ނިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި
* ފ. ނިލަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025 ގައި
* ތ. ވޭމަންޑޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ފެބްރުއަރީ 2025 ގައި
* ތ. ވޭމަންޑޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖުލައި 2025 ގައި
* ލ. އަތޮޅުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖޫން 2025 ގައި
* ގއ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖަނަވަރީ 2025 ގައި
* ގދ. ތިނަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މާރޗް 2025 ގައި
* ގދ. ގައްދޫގައި ޕާސްޕޯޓްގެ ޚިދުމަތް ފަށާނީ ޖޫން 2025 ގައި
* ފުވައްމުލަކުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025 ގައި
* އައްޑޫ މަރަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025 ގައި

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ