ރާއްޖޭގައި ރޫހާނީ ފަރުވާދޭން މަސައްކަތް ކުރި ބަޔަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

އިމިގްރޭޝަނުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ އަށް ނިސްބަތްވާ ތިން ފިރިހެނުން ކަމަށެވެ. އެ މީހުން ޑީޕޯޓުކޮށްލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވާއިރު، މާސްޓާ ދުރްގާ ރާއޯ ގުރޫޖީ ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ހިދުމަތް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ ދިވެހީންގެ ސަގާފަތާއި ދީނާ ހިލާފު އެފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސް އެކަމަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން އެފަދަ އިޝްތިހާރެއްގެ މައުލޫމާތު ލިބިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އެ އިދާރާއިން އެދިފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ