ބްރޯޑްކޮމްގެ ރައީސަކަށް ސަފާ

ޚަބަރު ފަހުގެ

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ސަފާ ޝަފީގް އިންތިހާބުކޮށްފި އެވެ.

އެ ކޮމިޝަނުގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު ހަމަވުމުންނެވެ. ރައީސަކަށް ސަފާ އައްޔަނު ކޮށްފައި ވަނީ މިއަދު ބޭއްވި ކޮމިޝަން ބައްދަލުވުމުގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މަރިޔަމް ވަހީދާގެ އިތުރުން ކޮމިޝަނުގެ މެމްބަރު އަލީ ޔޫސުފްގެ ދައުރު ހަމަވެފައިވާތީ އެ މަގާމަށް ދެ މެންބަރުން އިއްޔެ ވަނީ އައްޔަނުކޮށްފަ އެވެ. އެއީ ކޮމިޝަންގެ ކުރީގެ މެންބަރުކަން ކުރެއްވި އައިމިނަތު ސަރާހަތު އިއްޒަތު އާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އެވެ.

މި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ