ތިން ރަށެއްގެ ބީއެމްއެލް ގެ ބްރާންޗްތައް، ބީއެމްއެލް އިސްލާމިކް އަށް ރީބްރޭންޑް ކޮށްފި

ޚަބަރު ފަހުގެ

ތިން ރަށެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތައް، ބީއެމްއެލް އިސްލާމިކް އަށް ރީބްރޭންޑް ކޮށްފި އެވެ. ބީއެމްއެލްއިން މިކަން އިއުލާނުކުރީ ބީއެމްއެލް އިސްލާމިކަށް 10 އަހަރު ފުރުން ފާހަގަކޮށް، ނެރުނު ނޫސް ބަޔާނެއްގަ އެވެ.

ބީއެމްއެލްއިން ބުނީ އެ ބެންކުގެ ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން ބ. އޭދަފުށްޓާއި އދ. މަހިބަދޫ އަދި ލ. ގަމުގައި ހުންނަ ބްރާންޗްތައް މިހާރު ބީއެމްއެލް އިސްލާމިކްގެ ބްރާންޗްތަކަކަށް ރީބްރޭންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ ބްރާންޗްތަކުން ހިދުމަތް ދެމުން ދާނީ އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް އިސްކަންދީގެން ކަމަށް ވެސް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އަތޮޅުތަކުގެ ބްރާންޗުތަކަށް ގެނައި ބަދަލަކީ ކަސްޓަމަރުންގެ އެދުމުގެ މަތިން ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އަދި އިސްލާމިކް ބޭންކަކުން ލިބޭނެ ހުރިހާ ހިދުމަތްތަކެއް އެ ބްރާންޗްތަކުން ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

” ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ ހިދުމަތެއް ފޯރުކޮށްދެން. މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިން، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކް.” އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ރާއްޖޭގައި އިސްލާމީ ޝަރީއާގެ އުސޫލުން ކްރެޑިޓް ކާޑުގެ ހިދުމަތްދޭ ހަމައެކަނި ބެންކަކީ ބީއެމްއެލް އިސްލާމިކް ކަން ފާހަގަ ކުރައްވައިފަ އެވެ.

ބީއެމްއެލް އިސްލާމިކުގެ ހިދުމަތްތަކަކީ ޝަރީއާއާ އެއްގޮތްވާ ގޮތަށް ފަރުމާކޮށް ދެމުންދާ ހިދުމަތްތަކެކެވެ. އަދި ބީއެމްއެލް އިސްލާމިކްގެ ފަންޑަކީ މުޅިން ވަކި އެއްޗެއްގެ ގޮތުގައި ކަނޑައަޅައި، އެ ބޭންކުގެ ޕްރޮޑަކްޓުތައް ފަރުމާކޮށްފައި ވަނީ ބައިނަލްއަގުވާމީ ގޮތުން އިސްލާމިކް ބޭންކުތަކުގައި ބޭނުންކުރާ މިންގަނޑުތަކާ އެއްގޮތަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ