ދިއްދޫއަށް ދެން ވަޑައިގެންނަވާނީ އެރަށު އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި: ރައީސް

ޚަބަރު ފަހުގެ

ހއ. ދިއްދޫގައި ތަރައްގީ ކުރާ އެއާޕޯޓްގެ އަމަލީ މަސައްކަތް މި އަހަރު ފަށައި، ދެން އެރަށަށް ވަޑައިގެންނަވާނީ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓް ހުޅުވަން ކަމަށް ރައީސް ޑރ. މުހައްްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެރަށުގެ ތަރައްގީއަށްޓަކައި ވައުުދުވި ކަންކަން ފުއްދުމަކީ އެމަނިކުފާނު ދެއްވާ ޔަގީންކަން ކަަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ދިއްދޫ އެއާޕޯޓް ހެދުމަކީ، ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ކުރަން ޖެހޭ ކަމެއް ކަަމަށާއި، އެކަން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ، އެކަމުގެ ގިނަ މަސައްކަތްތަކެއް ފެށުމަށް މިހާރު ތަރުތީބު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެމްޓީސީސީއާ ބައެއް މަސައްކަތް އަދި ބޭރުގެ ފަރާތަކާއި އެކީގައި ފްރޭމްވޯކް އެގްރީމެންޓެއްގައި ސޮއިކުރެވި ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ.

“ބިން ހިއްކުން ނިންމާ ދެން ކުރަން ޖެހޭ ޝޯވ ޕްރޮޓެކްޝަން އަދި ރަންވޭ، މަސައްކަތަކާއި އެއާޕޯޓުގެ އިމާރާތްތަކާއެކު ހުރިހާ ފެށޭ ހިސާބުން، ބާރު ސްޕީޑްގައި ގެންގޮސް ނިންްމަދޭނަމޭ، ނިންމާ ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑު މިރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓް ހުޅުވަން،”. ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ