ރަމަޟާން މަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވިފައި ހުންނަ ގަޑިތައް އިއުލާންކޮށްފިއެވެ.
އެމްއެމްއޭ އިން ވިދާޅުވީ ރަމަޟާން މަހާއި އެ ވިދިގެން އަންނަ ހަ ރޯދައިގެ ދުވަސްތަކުގައި އެ އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނަދުނު 09:00 އިން މެންދުރު ފަހު 01:00 އަށް ކަމަށެވެ.
އަދި ރަމަޟާން މަހު ފަހު ދިހައިގައި ސަރުކާރު ބަންދުވުމާ ގުޅިގެން އެ އޮތޯރިޓީ ހުޅުވާގޮތަށް ހަމަޖެހިފައިވަނީ 27 އަދި 29 މާރިޗްގައި ކަމަށް އެމްއެމްއޭ އިން ވަނީ ހާމަ ކޮށްފައެވެ.
މި ދުވަސް ތަކުގައި އެ އޮތޯރިޓީގެ ބޭންކިންގް ހިދުމަތާއި ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ހެނދުނު 09:30 އިން މެންދުރު 12:00 އަށް ދިނުމަށްް ހަމަ ޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ވަނީ ހާމަ ކޮށްފައެވެ.