އީޝަލް ހޯދި ކާމިޔާބަށް ރައީސްގެ މަރުހަބާ

ކުޅިވަރު ފަހުގެ

އޭޝިއާ ބައްރުގެ ޤައުމުތަކުން ވާދަކުރާ އަމާޒަށް ބަޑި ޖެހުމުގެ މުބާރާތް، ‘އޭޝިއަން ޕިސްޓަލް އެންޑް ރައިފަލް ކަޕް’ ގެ ޖޫނިއާ އުމުރު ފުރާގެ އަންހެން ކުޅުންތެރިންގެ ބައިގެ ފައިނަލްގައި ވާދަކޮށް، ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ މަރިޔަމް އީޝަލް މިޞްބާޙް ރިހި މެޑަލް ޙާޞިލްކުރުމާއި ގުޅިގެން، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އޭޝިއާގެ ފެންވަރުގައި ބާއްވާ ޝޫޓިން ސްޕޯޓްސް މުބާރާތަކުން ދިވެހި ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ރިހިމެޑަލް ހޯދުމަކީ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި 21 ޤައުމެއްގެ މައްޗަށް އީޝަލް ކުރި ހޯދާފައިވާކަން ވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.

‘އޭޝިއަން ޕިސްޓަލް އެންޑަ ރައިފަލް ކަޕް 2025’ ކުރިއަށް ދަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގަ އެވެ.

މި މުބާރާތުގެ ޖޫނިއާ އުމުރުފުރާގެ އަންހެން ކުޅުންތެރީންގެ ބައިން ރިހިމެޑަލް ހޯދި އުމުރުން 15 އަހަރުގެ އީޝަލް އަކީ، މަޖީދިއްޔާ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ