ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފެށި “އަހާ” ފޯރަމްގެ އިތުރު ފޯރަމެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
މިރޭގެ ފޯރަމް ފަށަން ހަމަޖެހިފައި ވަނީ 9 ޖަހާއިރު އެވެ. މި ފޯރަމްގައި ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ޓޫރިޒަމް އަދި އެންވަޔަރުމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް އެވެ.
އެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ދުރާލާއި ސުވާލު އެސްއެމްއެސް ކުރަންޖެހެ އެވެ. އެގޮތުން އެސްއެމްއެސް ކުރަން ޖެހެނީ AH (space) Suvaalu to 300 އަށެވެ.