ކަޅުބާޒާރުގައި ޑޮލަރުގެ އަގު ދަށަށް، ހައްލުވާނެ: ތާރިގް

ޚަބަރު ފަހުގެ

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް މި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ހެޔޮ ބަދަލު މިހާރުވެސް ފެންނަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުން ބާއްވާ އަހާ ފޯރަމްގައި މިރޭ އާއްމު މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓަރު ތާރިގު ވިދާޅުވީ ޓްއަރިޒަމް ވިޔަފާރިތަކުން ލިބޭ ޑޮލަރުގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރަން ލާޒިމުކޮށް ގާނޫނަށް ގެނައި ބަދަލުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުން އަންނަކަމަށެވެ. އެހެންކަމުން ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކަމުންދާ މައްސަލަ ކުރިޔަށް އޮތްތަނުގައި ހައްލުވެގެން ދާނެކަަމަށް މިނިސްޓަރު ތާރިގް ވިދާޅުވިއެވެ.

” މިހާރު ބްލެކްމާކެޓުގައި ވެސް ޑޮލަރު ހުރި އަގުތައް ދަށަށް ދާ ކަން އެއީ ޝައްކެއް ވެސް ނެތް، އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް އެނގޭ ކަމެއް،” މިނިސްޓަރު ތާރިގު ވިދާޅުވިއެވެ.

ޑޮލަރުގެ މައްސަލައަށް ހައްލު އަންނަކަން ފާހަގަކުރައްވަމުން ތާރިގް ވިދާޅުވީ އެކަމުގެ ހެއްކަކީ އަންނަ ރޯދަމަހު އުމްރާއަށް ދާ މީހުންގެ ކޮންމެ މީހެއްގެ ޑެބިޓްކާޑު ލިމިޓް 1500 ޑޮލަރު އިތުުރުކުރަން ރައީސް ޑރ، މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުންކަމަށެވެ.

ތާރިގް ވިދާޅުވީ އަންނަ އަހަރުވެސް ޑޮލަރުގެ މައްސަލައަށް ލުއިތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ބޭރަށް ފުރާ މީހުންނަށް ޑޮލަރު ވިއްކާ އަދަދު 500 ޑޮލަރުން 1،000 ޑޮލަރަށް އެ އަދަދު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އިތުކުރަން ނިންމާފައިވާކަމަށެވެ. އަދި ދެވަނަ ކުއާޓާގައި ކާޑު ލިމިޓްތައް 1،400 ޑޮލަރަށް އިތުރުކުރާނެކަަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

” އެހެންވީމަ މިއީ އަންނަ ބަދަލުތަކަކީ. ރާއްޖޭގައި ޑޮލަރު ސާކިއުލޭޓު ކުރަން ފެށުނީމަ ރައްޔިތުންނަށް ލިބިގެންދާ ފައިދާ.” ތާރިގު ވިދާޅުވިއެވެ.

ބޭރު ފައިސާގެ ގާނޫނަށް އަމަލު ކުރަން ފެށިފަހުން މިހާތަނަށް 50 މިލިއަން ޑޮލަރު މާރުކޮށްފައިވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ވަނީ ބުނެފައެވެ. މީ އެ ބޭންކުން އަންދާޒާކުރި ވަރަށްވުރެ 10 ހާސް ޑޮލަރުގެ އިތުރުވުމެކެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ