ދެ މީހަކު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ޚަބަރު ފަހުގެ

އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ދެ މީހަކު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އުތުރުގެ އަތޮޅެއްގެ ރަށެއްގައި އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު 2024 ވަނަ އަހަރާއި އޭގެ ދެ އަހަރު ކުރިން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ