އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރަށް

ޚަބަރު ފަހުގެ

ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގެ މަގެއްގެ މަތީގައި އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ، ލިލީގެ މުހައްމަދު ސަބާހް 46އ، އާއި ނ. މިލަންދޫ ސޯސަންގެ މުހައްމަދު ނައުޝާދު 42 އ އެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، މާވެޔޮ މަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތުގައި ރޭ 2:39 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރުވެސް ތިބީ އަންހެން ހެދުން އަޅައިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ