ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނަރޭސަން ސްޕޯރޓްސް ކުލަބާއި އއ.ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ހޭވައްލާ މަހާސަމާގެ ސެމީފައިނަލް އަށް ދިޔަ ފުޓްސަލް ޓީމްތައް ކަށަވަރުވެ، އަންހެން ވޮލީ މުބާރާތުގެ ފައިނަލުން ސްޓްރޭންޖާރސް ޖާގާ ހޯދަފިއެވެ.
ފޯރިގަދަ މި މަހާސަމާ ގައި ޑިސެމްބަރ 19 ވަނަ ދުވަހުގެ ހަވީރު ކުޅެވުނީ އަންހެން ވޮލީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗެވެ. މި މެޗް ގައި ބައްދަލުކުރީ ސްޓްރެއިންޖާރސް އާއި ނުސިހޭނެއެވެ. ވާދަވެރި ކުޅުމެއް ފެނުނުއިރު ސީދާ 3-0 ސެޓުން މެޗް ކާމިޔާބު ކުރީ ސްޓްރެއިންޖާރސް އިންނެވެ. މި މެޗްގެ ފުރަތަމަ ސެޓް 25-18 ސްޓްރެއިންޖާރސް ކާމިޔާބު ކުރިއިރު 2 ވަނަ ސެޓްވެސް 25-18 އިން ކާމިޔާކުރިއެވެ. 3 ވަނަ ސެޓް ވަރަށް ވާދަވެރިކޮށް ގޮސް ނިމިފައިވަނީ 25-23 ސްޓްރެއިންޖާރސް މޮޅުވެގެންނެވެ.
މި މެޗްގައި ނުސިހޭނެ ބަލިވިނަމަވެސް ސެމީ ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ މިދެޓީމްއެވެ. މުބާރާތުގެ 2 މެޗުން މޮޅުވެ ނުގުޑާނެ ވަނީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ނުސިހޭނެ އަދި ސްޓްރެއިންޖާރސް ބައްދަލު ކުރި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޓްރެއިންޖާރސް ޓީމްގެ ޖާރޒީ ނަންބަރ 9، ޒަމީރާ އިސްމާއިލް އެވެ.
އަންހެން ވޮލީމުބާރާތުގެ ސެމީފައިނަލް އިއްޔެ ހަވީރު ވަނީ ކުޅެފައެވެ. ސްޓްރޭންޖާރސް އާއި ނުސިހޭނެ ބައްދަލުކުރި މި މެޗުގެ ފުރަތަމަ ސެޓް 25-17 ސްޓްރޭންޖާރސް ކާމިޔާބު ކުރި އިރު 2 ވަނަ ސެޓް ވެސް 25-18 އެޓީމް ގެންދިޔައިރު، 25-19 ތިންވަ ސެޓްވެސް ކާމިޔާބުކޮށް މިމުބާރާތުގެ ފައިނަލްއިން ސްރޭންޖާރސް ވަނީ ޖާގަ ކަށަވަރު ކޮށްފައެވެ. މި ޓިމް ފައިނަލްގައި ބައްދަލު ކުރާނީ ނުގުޑާނެ އާއި އެކު މިމަހުގެ 23 ވަނަ ދުވަހު ހަވީރު އެވެ.
ސެމީފައިނަލް މެޗް ގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ސްޓްރޭންޖާރސްގެ ޖާރޒީ ނަންބަރ 9، ޒަމީރާ އިސްމާއިލް އެވެ.
ހޭވައްލާ މަހާސަމާގެ ފުޓްސަލް މުބާރާތުގެ 2 މެޗް 19 ވަނަ ދުވަހުގެ ރޭވެސް ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރީ ނުސިހޭނެ އާއި ވައި.ޕީ ސްޓަރއެވެ. މި މެޗް ވައި.ޕީ ސްޓަރ ކާމިޔާބު ކޮށްފައިވަނީ 6-1 ގެ ނަތީޖާ އަކުންނެވެ. މިމެޗުން ނުސިހޭނެ ބަލިވުމާއި ގުޅިގެން މުބާރާތުން އެޓީމް ވަނީ ސެމީ އަށް ނުގޮސް ކަޓާފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވައި.ޕީ ސްޓަރގެ ޖާރޒީ ނަންބަރ 10 އިބްރާހިމް ރަފްހާންއެވެ.
އެރޭގެ 2 ވަނަ މެޗްގައި ބައްދަލު ކުރީ ޓްރިޕަލް ސެވަން އާއި ސޯލޯ ލޯބޯ އެވެ. ފޯރިގަދަ ކުޅުމެއް ދެ ޓީމްގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައި ވަނީ ސޯލޯ ލޯބޯ އިންނެވެ. މި ލަނޑު އެޓީމްއަށް ކާމިޔާބު ކޮށްދިނީ ޖާރޒީ ނަންބަރ 11، އަލީ ޝަނީޒް އެވެ. ޓްރިޕަލް ސެވަން އިން ކުޅުން ރަގަޅުކޮށް ސޯލޯ ލޯބޯގެ ގޯލް ފޫއަޅުވާލީ އެ ޓީމްގެ ތަޖްރިބާކާރު ޑިފެންޑަރ ޖާރޒީ ނަންބަރ 6، މުހުތާރު އަބްދުﷲ އެވެ.
ޓްރިޕަލް ސެވަން ގެ ޓީމް އަކީ މި މުބާރާތުގައި ކުޅޭ އެންމެ ތަޖްރިބާކާރު ބޮޑުފޮޅުދޫގެ ކުރީގެ ފުޓްބޯޅަ ލެޖެންޑުންގެ މައްޗަށް ހިމެނޭ ޓީމެއް ކަން ފާހަގަކުރެވެއެވެ.
މި މެޗް ފޯރިގަދަވެ ސަޕޯޓަރުންގެ އަޑާއިއެކު ކުޅެމުންގޮސް ސޯލޯ ލޯބޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް 2-1 އަށް ނަތީޖާ ބަދަލުކޮށް ލީޑް ނަގާފައެވެ. އެޓީމް އިން ދެވަނަ ގޯލް ކާމިޔާބު ކޮށްދީފައިވަނީ ޖާރޒީ ނަންބަރ 10، މުހައްމަދު ޒަމީރު (މެސީ) އެވެ. ސޯލޯ ލޯބޯގެ މި ލަނޑާއި އެކު މާގިނަ ވަގުތެއްނުވެ ޓްރިޕަލް ސެވަން އިން އިތުރު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައިވެއެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޖާރޒީ ނަންބަރ 9 އިބްރާހިމް ނަސީމް އެވެ. އެހެން ނަމަވެސް މެޗް ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ސޯލޯ ލޯބޯގެ ޖާރޒީ ނަންބަރ 11، އަލީ ޝަނީޒް ވަނީ ޓްރިޕަލް ސެވަން ކީޕަރ ގެ އަތުގައި ޖެހިފައި ނިކުން ބޯޅައެއް ގޯލްގެތެރެއަށް ފޮނުވާލައިގެން ލީޑްނަގައި 3-2 ނަތީޖާއަކަށް ބަދަލުކޮށްފައެވެ. މި ނަތީޖާއިން އެޓީމް މޮޅުވިއިރު މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޖާރޒީ ނަންބަރ 11 އަލީ ޝަނީޒް އެވެ.
މީގެ އިތުރުން މި މަހާސަމާގެ މުބާރާތްތަކުގެ ތެރެއިން ޕާރކްވޮލީ މުބާރާތުގެ މެޗެއް 20 ވަނަ ދުވަހުގެ ޜޭ ވަނީ ކުޅެފައެވެ. ބައްދަލުކުރީ ޖަންތާ ގަރާޖް އާއި ބަދަވިން އެވެ. މި މެޗް ކާމިޔާބުކޮށްފައިވަނީ ޖަންތާ ގަރާޖް ނެވެ. ފުރަތަމަ ސެޓް 27-25 ބަދަވިން ކާމިޔާބު ކުރި އިރު 2 ވަނަ ސެޓް 21-25 ޖަންތާ ގަރާޖް ކާމިޔާބުކޮށް 3 ވަނަ ސެޓް 23-25 އެޓީމް ކާމިޔާބު ކުރިއިރު، ފޯރިގަދަ ކުޅުމަކަށް ފަހު 21 -25 ބަދަވިން 4 ވަނަ ސެޓް ކާމިޔާބުކޮށް ޓައިބްރޭކް ސެޓެއްކުޅެންޖެހި 10-15 އިން ޖަންތާ ގަރާޖް ވަނީ އެރޭގެ މެޗް ކާމިޔާބު ކޮށްފައެވެ.
މި މެޗްގެ މޮޅުކުޅުންތެރިއާގެ މަގާމު ހޯދާފައިވަނީ ޖަންތާ ގަރާޖް ޓިމް ގެ ޖާރޒީ ނަންބަރ 11، ހަސަން ނާފިއު އެވެ. މޮޅު ކުޅުންތެރިޔާ އަށް އިނާމް ހަވާލު ކޮށްދެއްވީ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ މުއަށްޒިފު މުހައްމަދު މޫސާއެވެ.
ހޭވައްލާ މަހާސަމާގެ ޕާރކް ވޮލީ މުބާރާތުގެ 3 ވަނަ މެޗް ރޭގައި ވަނީ ކުޅެފައެވެ. މި މެޗު ސްޕައިކާރސް ސީދާ 3 ސެޓުން ބަލިކޮށް ޖަންތާ ގަރާޖުން ވަނީ މެޗް ކާމިޔާބު ކޮށްފައެވެ. މި މެޗްގެ ސެޓްތައް ޖަންތާ ގަރާޖުން ގެންގޮސްފައިވަނީ ފުރަތަމަ ސެޓް 25-21 ދެވަނަ ސެޓް 25-19 ތިންވަނަ ސެޓް 21-25 އިންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަންތާ ގަރާޖް ޖާރޒީ ނަންބަރ 11، ހަސަން ނާފިއު އެވެ. މިއަދުގެ ހަވީރާއި މިރޭވެސް ހޭވައްލާ މަހާސަމާގެ މުބާރާތްތައް ކުރިއަށް ދާނެއެވެ.


