ހަނިމާދޫ ކައުންސިލުން 500 ޑަސްބިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަނީ

ހަނިމާދޫ ފަހުގެ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން 120 ލީޓަރުގެ 500 ޑަސްބިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 13 ފެބުރުވަރީ 2025 ން ފެށިގެން 2 މާރިޗު 2025 ގެ ނިޔަލަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓަރީ ވާންޖެހޭނެއެވެ. ރަޖިސްޓަރީ ވުމަށް ޚާއްޞަ ލިންކެއް ކައުންސިލުން ހަމަޖައްސާފައިވެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2 މާރިޗު 2025 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އެވެ.

ހުށަހެޅޭ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 4 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ހަނިމާދޫ ކައުންސިލްގެ މީޓިންގ ރޫމުގައެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީ ކުރެވިފައިވާ ކްލަބް ޖަމްޢިއްޔާތަކަށާއި ކުންފުނިތަކަށް އެކަނި ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ހަނިމާދޫ ކައުންސިލްގެ އިދާރާއިން ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ