ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 168 ވަނަ ޖަލްސާގައި، ހަނިމާދޫ ބަނދަރު ސަރަހައްދުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭ.ޓީ.އެމް ކިއޮސްކޮ އަޅަން 500 އަކަފޫޓުގެ ބިމެއްދޭން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި ޖަލްސާގައި ބައިވެރިވި ބައިވެރިންގެ އިއްތިފާޤުންނެވެ.
ބިން ދޭން ނިންމާފައިވަނީ ހަނިމާދޫގެ ބަނދަރު ސަރަޙައްދުންނެވެ. އަދި ފުރަތަމަ 02 އަހަރު ދުވަހު އެއްވެސް ކުއްޔެއް ނުނަގާނެކަމަށްވެސް ހަނިމާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.
ހަނިމާދޫ ކައުންސިލުން ވަނީ 3000 އަކަފޫޓުގެ ބިމެއް 50 އަހަރަށް ބޭންކް އަޅަން ޝައުގުވެރިވާ ބަޔަކަ ދޭން ނިންމާފައެވެ. މި ނިންމުން ނިންމީ އެކައުންސިލްގެ 4 ވަނަ ދައުރުގެ 166 ޖަލުސާގައެވެ.
މީގެ އިތުރުން އެކައުންސިލްގެ 4 ވަނަ ދައުރުގެ 154 އާންމު ބައްދަލުވުމުގައި ވަނީ 20،000 އަކަފޫޓް ބިމެއް 50 އަހަރަށް ހޮސްޕިޓަލެއް ގާއިމުކުރަން ދޫކުރަން ނިންމާފައެވެ.