189.69 ގުރާމް މަސްތުވާތަކެއްޗާއިއެކު ހަނިމާދޫން ހައްޔަރުކުރި ދެމައިންގެ ތެރެއިން މަންމަ އަށް މުއްދަތު އިތުރު ކޮށްފި!

ހަނިމާދޫ ފަހުގެ

ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެދުވަހު ހައްޔަރު ކުރީ ހދ. ހަނިމާދޫ / މަޔާ ޕެލަސް، އާމިނަތު (56) އާއި ފާޠިމަތު މާޔާ (25) އެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އާމިނަތު ފަސް ދުވަހަށް އަދި ފާތިމަތު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އާމިނަތަކީ ފާތިމަތުގެ މަންމައެވެ.

އާމިނަތު ބަންދުގެ މުއްތަތު ހަމަވުމުން ދެ ވަނަ ފަހަރަށް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ހަޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ