ކުރިއަށްއޮތް ރަމަޟާންމަސް ނިމުމުން 6 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހަށްފަހު މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫގައެވެ.
އިސްލާމީ ކަންތައްތަކާބޭހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫގައި ބިނާ ކުރާ މިސްކިތްތަކަކީ 300 މީހުންނަށާއި 500 މީހުންގެ 700 މީހުންގެ ޖާގައިގެ މިސްކިތްތަކެއްކަމަށެވެ. ނަމާދުކުރެވޭނެ 3 ސައިޒްގެ މިސްކިތްތަކެއްކަމަށެވެ. އަދި މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކޮށް، އެއަރ ކޮންޑިޝަންކޮށް، ނެވިލޯން އަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިސްކިތްތައް ޑިޒައިން ކޮށްފައިވަނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމްތައް ހިމެނޭގޮތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތް ރަމަޟާންމަހަށް ފަހު ފަށާނެކަމަށެވެ.
ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާއި ގުޅޭގޮތައް ޑިޒައިންކޮށްފައިވާ މިސްކިތްތަކެއްކަމަށެވެ.
ރޯދަމަހަށްފަހު 6 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދަވާނެކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ބޮޑުއަކުރު: މިސްކިތަށް ނާންނާށޭ ބުނަނީ ހެއްޔެވެ؟ http://aafathis.mv/archives/80915