ކުރިއަށް އޮތް ރޯދަ މަހަށް ހަނދު ބެލުން މި މަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ހަނދާ ގުޅޭ ކަންކަމުގައި ވަކި ގޮތެއް ނިމެންދެން މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ އިދާރާ އާއި ރަށްރަށުގެ ކޯޓުތަކާއި ރަށު ކައުންސިލުގެ އިދާރާތަކާއި އަތޮޅު ކައުންސިލުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.
ޑީޖޭއޭ އިން ބުނީ ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި މިސްރާބްގެ އިތުރުން ވެސް ކަމާ ގުޅުން ހުރި މުހިންމު މައުލޫމާތު ދޭން ޖެހޭ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 1 އެވެ.