ކުރީގެ ރައްޔިތުންގެ މަޖިލީސް ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ މުޙައްމަދު ރަޝީދު، އާއްމު ނަމުން ނަމަ މެޓްރިކްސް މޯޑު އައްޑޫ ސިޓީ ގައި ދިރިއުޅެމުންދާގެ އަނދައި އަޅިއަށްވެއްޖެއެވެ. މި ގެ ހުންނަނީ އައްޑޫ ސިޓީގެ ހިތަދޫގައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ހިތަދޫ ގާލެންޑް ގޭގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވި ކަމަށެވެ. އަދި އަލިފާންގަނޑު މިހާރު ވނީ ނިއްވާލައިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.
މި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަން ހާމަކޮށް މޯޑު ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ “އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވޭ، ގޭގެ އެވަގުތު ތިބި މީހުން ސަލާމަތްވި،” ކަމަށެވެ.
އަދި މި ޕޯސްޓާއިއެކު އާއްމުކޮށްފައިވާ ފޮޓޯތަކުން ގެ ވަރަށް ބޮޑަށް އަނދާފައިވާކަން ހާމަވެއެވެ. މެޓްރިކްސް މޯޑަކީ މިހާރުވެސް އިދިކޮޅު އެމްޑީޕީގެ އައްޑޫ ސިޓީ ނައިބު ރައީސެވެ.