ށ. އަތޮޅުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް އިމިގްރޭޝަނުން ށ. އަތޮޅުގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު‬⁩ގެ ވައުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ށ އަތޮޅުގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ⁦‪ޝަންމާން ވަހީދު‬⁩ މިއަދު ފައްޓަވައި ދެއްވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރިން ށ. އަތޮޅު ކައުންސިލުން ވަނީ ށ. ފުނަދޫގައި ޕާސްޕޯޓް ކަލެކްޝަން ޕޮއިންޓެއްގެ ޚިދުމަތް ދޭން ބޭނުންވާ ކަމަށް ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ދަންނަވާފައި ވެއެވެ.

މި ސަރުކާރުން ދަނީ އަތޮޅު ތެރޭގައި ޕާސްޕޯޓާއި އައިޑީކާދު ދޫކުރުމުގެ ހިދުމަތް ފެށުމަށްވެސް މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރުވެސް ބައެއް ރަށްރަށުގައި މި ހިދުމަތް މިފަހަކުން ފަށާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ