ހަނިމާދޫއަށް ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމުގެ މަޝްވަރާއަށް ވަޒީރު އާދަމް ޝަރީފު އުމަރު ހަނިމާދޫއަށް

ހަނިމާދޫ ފަހުގެ

ހަނިމާދޫއަށް ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމުގެ މަޝްވަރާއަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ހަނިމާދޫއަށް ވަޑައިންނަވަން ހަމަޖެހިއްޖެއެވެ.

ވަޒީރު ހަނިމާދުއަށް މިއަދު އައުމަށްފަހު ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ބައްދަލުވުން އޮންނާނީ މިއަދު 14:30 ގައި ހަނިމާދޫ ކައުންސިލުގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެއަށްފަހު ހަނިމާދޫ ރައްޔިތުންނާއި ބައްދަލު ކުރުން ވެސް ކުރިއަށް ދާނެއެވެ. އެބައްދަލުވުން މިހާރު ތާވަލު ކޮށްފައިވަނީ މިއަދުގެ 16:30 ހަށެވެ. ބައްދަލުވުން ކުރިއަށް ދަނީ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައެވެ. މިބައްދަލުވުމުގައި ހަނިމާދޫ ވީހާވެސް ގިނަރައްޔިތުން ބައިވެރިވުމަކީ ހަނިމާދޫ ކައުންސިލްގެ އެދިލެއްވުމެކެވެ.

ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމުގެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ރަސްމީ ބައްދަލުވުމެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވަނީ ހިރަމަރަދޫ ކައުންސިލްގެ ސިޓީއަކާއި ހީނާ ވަލީދުގެ ޓުވީޓަކާއިގުޅިގެން ހަނިމާދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އެބައްދަލުވުމުގައި އެއްބަޔަކު ހިރިމަރަދޫ ރައްޔިތުން ގެނައުމަށް ތާއީދު ކުރިއިރު އަނެއް ބަޔަކު އެކަމަށް އިންކާރު ކުރިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ