48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ

ޚަބަރު ފަހުގެ

ފުލުހުން ބުނީ، މިއަދު ހެނދުނު 7:57 ގައި ދިގުރަށުން މާލެއަށް ދަތުރުކުރަމުން ދިޔަ “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށް ގޮސްފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި ލޯންޗުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ތިބިކަމަށް ވެސް ޕޮލިހުން ބުނެފައިވެއެވެ.

ޕޮލިހުން ބުނިގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ވަގުތުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ފަށައި، ލޯންޗުގައި ތިބި އެންމެން ސަލާމަތްކޮށްފައިވެއެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ސަލާމަތްކުރެވުނު އެންމެން މިހާރު ވަނީ ދިގުރަށަށް ގެންގޮސްފައެވެ. އަދި އެންމެންގެ ޞިއްޙީ ހާލަތު ރަނގަޅުކަމަށް ވެސް ޕޮލިހުން މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަޙްޤީޤެއް ފަށާފައިވާ ކަމަށް ޕޮލިހުން ބުނެފައިވެއެވެ.

އަދި މި އޮޕަރޭޝަންގައި އަވަސް ފިޔަވަޅުތަކެއް އަޅައި، ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވި އެންމެންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ