38 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވެ، ސިފައިން އެހީވަނީ

ޚަބަރު ފަހުގެ

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް، އަޑިއަށް ދާން ފެށުމުން ކޯސްޓް ގާޑުން މިއަދު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، “ސުވެނިއާ 34” ނަމަކަށް ކިޔާ އެ ލޯންޗު ދިޔަވާން ފެށީ ލޯންޗު ފަޅައިގެން ގޮސްގެން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ލޯންޗުގައި 38 މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އޭގެތެރޭގައި 34 ފަތުރުވެރިންނާއި ހަތަރު ކުރޫއިން ހިމެނެއެވެ.

އެ ލޯންޗު ދިޔަވާތީ މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ

ތިލަފުށީ ކައިރިން ލޯންޗެއް ދިޔަވަމުންދާއިރު، މިއަދު އދ. ދިގުރަށުން ޓޫރިސްޓުންނާ އެކު ދަތުރު ކުރި ލޯންޗެއް ވެސް ދިޔަވެ، އަޑިއަށް ގޮސްފައިވެ އެވެ. އެ ލޯންޗުގައި 45 ޓޫރިސްޓުން ހިމެނޭހެން ޖުމްލަ 48 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ. އެ އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ