ފުލުހުން ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރުކޮޅުމަގު، އެލްމޯބައިލް 3 ކައިރިން މަގު ހުރަސް ކުރި މީހަކާއި ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ 15:50 އެހާކަންހައިރު ކަމަށެވެ.
މި އެކްސިޑެންޓްގައި 6 އަހަރުގެ ކުޑަ ކުއްޖާގެ ކަކޫ މަށައިގެން ގޮސް، ކަނާތްފަރާތު ތުންފަތްމަތިން ބައި އިންޗް ތަންކޮޅެއް ފަޅައިގެން ގޮސް އަދި ކުދި އިތުރު އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، މިއެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭކަންކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.