ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

ޚަބަރު ފަހުގެ

ރޯދަމަހަށް ހާއްސަކޮށްގެން ސައުދީ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކުރި އެވެ. އެ ކަދުރުތައް މިހާރު ވަނީ ބަހައި ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަހުން ހަދިޔާކުރަން ނިންމި 10 ޓަނުގެ ކަދުރު ރަސްމީކޮށް ރާއްޖެއާ ހަވާލު ކުރީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖެއަށް ކަދުރު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީ އެވެ. ރާއްޖެއިން ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ޝަހީމް ވިދާޅުވީ ކަދުރު ހަދިޔާ ކުރެއްވުމަކީ ރާއްޖެ އާއި ސައުދީ ދެމެދު އޮންނަ ގުޅުމުގެ ބަދަހިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިނިސްޓަރު ވަނީ އެ ގައުމުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ