ޕެންޓޮޕް 40 އިންޖެކްޝަން” ގެ ބެޗެއް ވިއްކުން މަނާކޮށްފި

ޚަބަރު ފަހުގެ ޞިއްހަތު

ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ “ޕެންޓޮޕް 40 އިންޖެކްޝަން” ގެ ބެޗެއްގައި ކޮލެޓީ މައްސަލަތަކެއް ހުރެގެން އެ ބޭހުގެ ވަކި ބެޗް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަޖް އޮޓޯރިޓީ، އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބޭނުންކުރުން މަނާކޮށްފައިވަނީ އެ ބޭހުގެ (EMPH243030) ނަމްބަރުގެ ބެޗެވެ. އެހެންކަމުން “ޕެންޓޮޕް 40 އިންޖެކްޝަން” ގެ މި ބެޗް ނަންބަރުގެ އުފެއްދުން އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން އެމްއެފްޑީއޭއަށް ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތައް މި ބެޗްގެ ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް އަންގާފައިވާކަމަށް އެމްއެފްޑީއޭއިން ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ