ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝޮހެދް އުއްލާ (35އ) ކަމަށެވެ.
އޭނާ ހޯދަމުން އަންނަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތުހުމަތަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ ޝޮހެދް އުއްލާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792039 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.